އިންޑިއާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 15 މީހަކު މަރުވެއްޖެއެވެ.
އިންޑިއާގެ ރާޖަސްތާނުގެ ފަލޯޑީ ޑިސްޓްރިކްޓުގައި ހިނގި އެ ހާދިސާގައި 15 މީހަކު މަރުވެފައިވާ އިރު، ތިން މީހަކަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
އިއްޔެ ހިނގި އެ ހާދިސާގައި ޕާކު ކޮށްފައި އޮތް ވެހިކަލެއްގައި ބަސް މުޑި އެރުމާއެކު ވަގުތުން 15 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ހާދިސާ ހިނގި ބަހުން ދަތުރުކޮށްފައިވަނީ ބިކާނާ އިން ޖޯދްޕޫރް އަށް ދީނީ އަޅުކަމަކަށް ދިޔަ ބައެއް ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.
ފުލުހުން ބުނީ އެކްސިޑެންޓުވި ދެ އުޅަނދަށްވެސް ބޮޑެތި ގެއްލުން ވެފައިވާ ކަމަށާއި ހާދިސާ ހިނގުމާއެކު މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރި ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ކޮންމެ މީހެއްގެ އާއިލާއަށް ދެ ލައްކަ ރުޕީސް ދިނުމަށް ނިންމަވައިފައެވެ. އަދި މީގެ އިތުރުން މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވަނީ ފޮނުއްވައިފައެވެ.
މުހައްމަދު އައުޒަމް
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ