ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިދިކޮޅު އެމްޑީޕީގެ ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދާއި ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހާ ދެމެދު ހިނގި ހަމަނުޖެހުމުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބޭނުންކުރަން ހުރި މައިކަށް ލިބުނު ގެއްލުމުގެ އަގު 3840 ރުފިޔާ އަށް އަރާ ކަމަށް ބުނެފިއެވެ.
މިމަހުގެ 22 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މެންބަރުންހެ މެދުގައި ހިނގި ހަަމނުޖެހުމުގައި މައިކަަށް ގެއްލުން ލިބުނު މައްސަލަ ބަލަން އެންގީ އެ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެެވެ.
ނާޒިމް މައްސަލަ ބަލަން އެންގުމާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކު ކޮމިޓީން ވަނީ މައްސަލަ ބަލަން ފަށައިފައެވެ.
އެގޮތުން މައިކަށް ލިބުނު ގެއްލުމާ ގުޅިގެން މަޖިލީހުގެ އިދާރާއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެކަމާބެހޭ މައުލޫމާތު ވަނީ ކޮމިޓީއާ ހިއްސާކޮށްފައެވެ.
އެހެންކަމުން މިދިޔަ ހަފުތާގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ އެ މައްސަލައިގައި ލިބުނު ގެއްލުން 3840 އަށް އަރާކަަން ހާމަކޮށް އެމައްސަލައިގައި ކޮމިޓީން ގޮތެއް ނިންމުމަށް ހުށަހަޅައިފައެވެ.
އެކަމާ ގުޅިގެން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުސޫގު ހުށަހެޅުއްވީ، އެ ދުވަހުގެ ޖަލްސާގެ ސީސީޓީވީ ފްޓޭޖް ބެލުމަށްފަހު މައިކް ހަލާކުވީ ކޮން މެންބަރެއްގެ އިހުމާލުންކަން ބެލުމަށްފަހު ގެއްލުމުގެ ފައިސާ ދެއްކުމަށް އެ މެންބަރަށް އެންގުމަށެވެ.
އަޒާންގެ ހުޅަހެޅުމަށް މެންބަރަކު ތާއީދު ކުރައްވައި ކޮމީޓީން އެގޮތަށް ފާސްކުރިއެވެ.
ބާވީސް އޮކްޓޫބަރުގައި ބޭއްވި މަޖިލިސް ޖަލްސާގައި އެ ދެ މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގައި ހަލާކުވީ ފަލާހުގެ މޭޒުގައި ހުރި މައިކެވެ.
އެދުވަހުގެ ޖަލްސާ ހޫނުވެ މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިނގީ، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ކުރެއްވި ސުވާލަށް އެ މަނިކުފާނު ދެއްވި ޖަވާބުގެ ތެރެއިންނެވެ.
ނާޒިލް ސުވާލު ކުރެއްވީ ހިތަދޫގައި އެމްޑީޕީ ސަރުކާރުން ހަދަން ފަށާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދަނީ ކޮންޓްރެކްޓަރަށް ފައިސާ ނުދީގެން ކަމަށް ކޮންޓެކްޓަރު ބުނާ ކަމަށާއި# އެއީ ކިހިނެއް ހިނގާ ކަމެއްތޯ އާއި ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި އެތަން ނިމޭނެތޯއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މެންބަރު ހިއްސާ ކުރެއްވި މައުލޫމާތަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަަމަށެވެ. އެ މަސައްކަތް ހަވާލުކުރި ކުންފުނީގެ އެއްވެސް ބިލަކަށް ފައިސާ ނުދައްކައި ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ހުރިހާ ބިލަކަށް ފައިސާ ދައްކާފަ އޮންނާނީ ކެޕޭސިޓީ ނެތް ފަރާތްތަކަކަށް މަސައްކަތް ހަވާކު ކުރީމަ މަސައްކަތް ލަސްވެެގެންދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
އެ ހިސާބުން އެމްޑީޕީ މެންބަރު އަޑުގަދަކުރައްވަން ފެއްޓެވިއެވެ. މަޖިލިސް ހޫނުވީ އެ ހިސާބުންނެވެ.
މި މައްސަލައާ ގުޅިގެން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވަވައި ޖަލްސާއިން ވަނީ ނެރެފައެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު