ހިޔާގެ އަށް ވަނަ ޓަވަރުން މީހަކު ވެއްޓި މަރުވެއްޖެއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މިއަދު ހެނދުނު 8:32 އެހާކަންހާއިރު ހިޔާ ޓަވަރުގެ 8 އިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ ވެއްޓުނީ އެ ޓަވަރުގެ ފަސް ވަނަ ފްލޯގެ ކުޑަދޮރުންނެވެ.

ފުލުހުން ބުނީ އެ މީހާ މިހާރު ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި އެއީ ފިރިހެނެއް ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.