ވަގަށް ރާއްޖެއަށް ރަން އެތެރެކުރި މީހަކު ޖަލަށްލުމަށް ހުކުމްކޮށް، އެތެރެކުރި ރަންތައް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ނަގަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ކޮށްފައިވަނީ ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މުހައްމަދު ސުލައިމްހާންގެ މައްޗަށެވެ.
އޭނާ ރާއްޖެއަށް ރަން އެތެރެކުރިކަން އެނގުނީ އީކޭ ފްލައިޓުން އޭނާ ރައްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ލަގެޖްގެ ގޮތުގައި ގެންގުޅުނު ބެކް ޕެކާއި ސައިޑް ބޭގް، ހޭންޑް ލަގެޖް ސްކޭން ކުރާ މެށިނުން ސްކޭން ކޮށްގެން ރެޑް ޗެނަލްގެ އެންޓްރީ ފަހަނައަޅައި ގްރީން ޗެނަލްއިން ނިކުންނަށް ދަނިކޮށް ކަސްޓަމް އޮފިސަރުން އޭނާ ހުއްޓުވައި ސުވާލުކޮށް ބެކްޕެކް ބަލައި ފާސްކުރިއިރު، ދުބާއީން އޭނާ ރަން ގަނެ ރަން ޑިކްލެއާ ކޮށްފައިވާ ކަމަށް ފެނުނު ލިއުންތަކާ ގުޅިގެން ސްކޭން ކުރުމުންނެވެ.
އެ ކިޔުންތަކަށް ބެލުމުން އޭނާ ރާއްޖެއަށް ރަން އެތެރެ ކުރިކަމަށް ޝައްކުކުރެވިގެން ސުލައިމާންގެ ހަށިގަނޑު ސްކޭންކޮށް ބެލިއެވެ.
އެ ބެލުމުގެ ތެރެއިން އޭނާގެ ހަށިގަނޑުގައި އެއްޗެހި ފޮރުވާފައި ހުރިކަން ފާހަގަ ކުރެވުނެވެ.
އެކަމާ ގުޅިގެން އޭނާގެ ހަށިގަނޑު އިތުރަށް ބަލައި ފާސްކުރިއިރު އޭނާ ލައިގެންހުރި ޖިންސުގެ ޖީބުތަކުންނާއި ލައިގެންހުރި ބޮކްސާތެެރެއިން 2252 ގްރާމްގެ ރަންޕޭސްޓް ވަނީ ފެނިފައެވެ.
މި މައްސަލައިގައި ރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރުމުގެ ކުށުގެ ދައުވާއާއި އެ ރަންތައް ކަސްޓަމަށް ނަގައިދިނުމަށް ޕީޖީ އިން ކުރިމިނަލް ކޯޓުގައި ދައުވާކުރިއެވެ.
އެ މައްސަލައިގައި ހުކުމްކޮށްފައިވަނީ ރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރުމުގެ ކުށުން ސުލައިމްހާން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެއް އަހަރުގެ މުއްދަަތަށް ޖަލަށްލުމަށް ހުކުމްކޮށް، އެ ރަނަކީ ރާއްޖެއަށް ސިއްރުން އެތެރެކޮށްފައިވާ މުދަލެއް ކަމަށް ކަނޑައަޅައި އެ މުދާ ކަސްޓަމްސް ސާވިސްއަށް ނެގުމަށެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
އޭނާ އަމިއްލަ ލާރިން ރަން ގަނެފައި ހުރި ލިޔުން ހުރި އިރު އެ ރަން އޭނާ އަތުން އަތުލައިގެން ނުވާނެ. އެއަށް ނަގަން ޖެހޭ ޑިއުޓީއެއް ނަގައި، ކުށެއް ކުރިއްޔާ އެ ކުށަކާ އެކަށީގެންވާ އަދަބު ދޭން ޖެހޭނީ.
ޝަފީގު - 8 މަސް ކުރިން
ރަން ތައް ވަންނާނީ ވަކި ބައެއްގެ ޖީބަށް. މީ ވަގުންގެ ގައުމު. އިންސާފުވެސް ހޯދަން ޖެހޭނީ ރިޝްވަތު ދީގެން
ޑެވިލް - 8 މަސް ކުރިން