އައިލެންޑް އެވިއޭޝަން ސާވިސަސްއިން 49،428،842.20 ރުފިޔާއަށް ހުޅުމާލެ ފޭސް އެކަކުން ބޮޑު ބިމެއް ގަނެފިއެވެ.
މި ބިމުގެ މިލްކުވެރިކަން ބަދަލުކުރުމުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އައިލެންޑް އެވިއޭޝަނުން ހުޅުމާލެ ފޭސް ދެއަކުން ގަނެފައިވަނީ 12،481.94 އަކަފޫޓްގެ ބިމެއް ކަމަށެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ބިން އައިލެންޑް އެވިއޭޝަނަށް ވިއްކާފައިވަނީ 49،428،842.20 މިލިއަން ރުފިޔާއަށެވެ.
ބިމުގެ އަގަށްވާ ފައިސާ އައިލެންޑް އެވިއޭޝަނުން، އެޗްޑީސީއަށް ދައްކައި ހަލާސްކޮށްފައިވާތީ، އެ ބިމުގެ މިލްކުވެރި ފަރާތަކީ އައިލެންޑް އެވިއޭޝަންކަމަށް ކަނޑައަޅައި ވަނީ މައްސަލަ ނިންމައިފައެވެ.
މުހައްމަދު އިޝާން
އައިލެންޑް އޭވިއޭޝަން
އައިލެންޑް އޭވިއޭޝަން
އައިލެންޑް އޭވިއޭޝަން