ޗައިނާއާއެކު ރާއްޖެއިން ސޮއިކޮށްފައިވާ ފަހުމްނާމާއާ ބެހޭގޮތުން ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ އިތުރު މަޝްވަރާތައް ނިމުން، އެ އެއްބަސްވުންތަކާބެހޭ މައުލޫމާތުތައް ކަމާގުޅޭ ފަރާތްތަކާ ހިއްސާ ކުރައްވާނެކަަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހަލީލު މިހެން ވިދާޅުވީ، އެ ފަހުމުނާމާތަކުގެ ކޮޕީތައް، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރަން ލިބިދާނެތޯ މިއަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ސުވާލު ކުރެއްވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ދެ ގައުމުން ސޮއިކުރި 11 ފަހުމުނާމާގެ ކޮޕީތައް އެ މެންބަރަށް ލިބިނޭ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ފަހުމުނާމާއާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އިތުރަށް މަޝްވަރަ ކުރެވި އެއްބަސްވުމަކަށް ވާސިލުވުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށެވެ.
އެހެންކަމުން މި މަސައްކަތްތައް ނިމުނުހާ އަވަހަށް މިކަމާބެހޭ މައުލޫމާތު ކަމާގުޅޭ ފަރާތްތަކާ ހިއްސާ ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރުމަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާބެހޭ 11 ފަހުމުނާމާއެއްގައި ސޮއިކުރެއްވިއެވެ.
އިބްރާހިމް ޒަކީ
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް