ކ. ތުލުސްދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ތުލުސްދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.
އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީ އާއި ތުލުސްދޫ ކައުންސިލު މެންބަރުންނާއި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 110.71 މިލިޔަން ރުފިޔާއަށް 600 ދުވަސްތެރޭ ނިންމާގޮތަށެވެ.
އެމްޓީސީސީން ބުނިގޮތުގައި މަސައްކަތުގެ ދަށުން ސިއްހީ ޚިދުމަތް ދިނުމަށް ހާއްސަކޮށް، 18،612 އަކަފޫޓުގެ ސަރަހައްދެއްގައި 2 ބުރީގެ 37 އެނދުގެ އިމާރާތެއް ހަދާނެއެވެ.
އޭގެ އިތުރުން އެ މަރުކަޒުގައި އެެހެނިހެން ޚިދުމަތް ދިނުމަށް ހާއްސަކޮށް 2563 އަކަފޫޓުގެ ސަރަހައްދެއްގައި އެއް ބުރީގެ އިމާރާތެއް ހެދުމާއި މުވައްޒަފުން ބޭތިއްބުމަށް ހާއްސަކޮށް 1805 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ބުރީގެ އިމާރާތެއް ހެދުމަށް ނިންމާފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
ފާތިމަތު ލިއުޝާ
ކ. ތުލުސްދޫ
ކ. ތުލުސްދޫ
ކ. ތުލުސްދޫ
ކ. ތުލުސްދޫ