މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ މިޔަޓް ސްޕޯޓްސް ފިއެސްޓާގެ އަންހެން ފުޓްސަލް މުބާރާތް، މިޔަޓް ފެމީނާ ފުޓްސަލް މުބާރާތް މިއަދު ހަވީރު ފަށަން ތައްޔާރުވެއްޖެއެވެ.

ތުލުސްދުއަށް ކުޅިވަރު އީދެއް އައިސްފައިވާ އިރު، މިޔަޓް ސްޕޯޓްސް ފިއެސްޓާގެ އެންމެ ބޮޑު ހަރަކާތް، މިޔަޓް ފުޓްސަލް ޗެލެންޖް މިހާރު ވަނީ ސެމީ ފައިނަލާ ހަމައަށް ގޮސްފައެވެ. އަދި އިއްޔެ ކާމިޔާބުކަމާއެކު މިޔަޓް ޔުނިޓީ ރަން ނިންމާލާފައިވެއެވެ. މިޔަޓް ޔުނިޓީ ރަންގައި ގިނަ ބަޔަކު ބައިވެރިވި އިރު، ރަން ވެގެން ދިޔައީ މަޖާ އުފާވެރި ރަންއަކަށެވެ.

އަންހެން ކުޅުންތެރިންނަށް ހާއްސަ ފެމީނާ ފުޓްސަލް މުބާރާތް މިއަހަރުވެސް ވާދަވެރިވާނެއެވެ. މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ފެނިގެންދާ މުބާރާތަށް އަތޮޅު ތެރޭގެ ރަށްރަށުން ތައްޔާރުވެފައިވާ އިރު، މިހާރު ޓީމުތައް ވަނީ ތުލުސްދުއަށް ގޮސްފައެވެ. މިޔަޓުން ވަނީ ޓީމުތަކަށް ފުރިހަމަ މަރުހަބާއެއްވެސް ކިޔައިފައެވެ.

އަންހެން ޑިވިޝަންގެ ޓީމުތައް:

  • ކަންމަތި ލޭޑީޒް
  • ދިއްފުށީ ވުމަންސް އެފްޓީ
  • މާފުށި ކައުންސިލް ޓީމް
  • ހިންމަފުށި ވުމަންސް އެފްޓީ

މުބާރާތުގެ އަންހެން ޑިވިޝަންގައި ފުރަތަމަ ލީގު ބުރެއް ކުޅެ، ގަދަ ދެޓީމު ފައިނަލަށް ދާނެއެވެ. އެހެންކަމުން އަންހެން މުބާރާތް ވެގެންދާނީ ތާރީހީ ވާދައަކަށެވެ. އަދި ހާއްސަކޮށް އަތޮޅު ތެރޭގެ ރަށްތަކުގެ ވާދަވެރިކަން މިފަހަރު މުބާރާތުން ފުރިހަމައަށް ފެނިގެންދާނެއެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ ކަނޑައަޅާފައިވާ އިރު، މުބާރާތް ފަށާނީ މިއަދު ހަވީރު 4:30 ގައެވެ. ކޮންމެ މެޗެއްވެސް 20 މިނެޓަށް ކުރިއަށްދާ އިރު، ކީޕަރާއެކު ހަ ކުޅުންތެރިން ޓީމަކުން ކުޅެން އަރާނެއެވެ. މިފަހަރު މުބާރާތް މިރޭ ނިމޭ އިރު، ތަފާތު ފޯރިއެއް ފެނިގެންދާނެއެވެ. މިދިޔަ ފަހަރު ހަތް ޓީމާއެކު މުބާރާތް ކުރިއަށް ދިޔަ އިރު، ޗެމްޕިއަނަކީ އެޕޮކަލިޕްސް ސެންޔޯރާއެވެ.