އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ އާއި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގުޅިގެން އިސްލާމިކް އިކޮނޮމިކްސް ޓްރެއިނިން ކޭމްޕް (އައިއީޓީސީ)ގެ ނަމުގައި ބައިނަލްއަގުވާމީ ކޮންފަރެންސެއް ކ. ތުލުސްދޫގައި ފަށައިފިއެވެ.

އައިއީޓީސީ ފެށުމުގެ ރަސްމިއްޔާތު ކުރިއަށްގެންދިޔައީ ރޭ ތުލުސްދޫގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާއެވެ.

މި ރަސްމިއްތުގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާގެ ޑެޕިއުޓީ ރެކްޓަރުގެ އިތުރުން އެ ޔުނިވާސިޓީގެ ހެޑް އޮފް ޑިޕާޓްމެންޓްސް އާއި އެ ޔުނިވާސިޓިގެ ގިނަ ޕްރޮފެސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

8 ސެޕްޓެމްބަރު 2026، ކ. ތުލުސްދޫ، އައިޔޫއެމްގެ އައިއީޓީސީ އަދި ކަރިކިއުލަމް ޑިވެލޮޕްމެންޓް ވޯކްޝޮޕް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އެ ކޮންފަރެންސްގެ ކޯ ހޮސްޓްގެ ގޮތުގައި ތުލުސްދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ބައިވެރިވިއެވެ. އަދި ކޮންފަރެންސްގެ މެއިން ސްޕޮންސަރަކީ އަމާނާ ތަކާފުލްއެވެ.

މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔާ އައިއީޓީސީ އަކީ އިސްލާމިކް އިކޮނޮމިކްސްގެ އުސޫލުތަކާއި އެޕްލިކޭޝަންތަކާއި މިއަދުގެ އިގުތިސާދީ އަދި އިޖުތިމާއީ ގޮންޖެހުންތަކާ ގުޅުންހުރި ކަންކަން ދިރާސާކުރުމަށް ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭއްވޭ ކޭމްޕެކެވެ. އެ ކޭމްޕުގެ މަގުސަދަކީ އެތިކަލް ފައިނޭންސް، ޒިންމާދާރު އިގުތިސާދީ ނިންމުންތައް ނިންމުމާއި، އިޖުތިމާއީ އިންސާފާއި، މުއްސަނދިކަން ހަމަހަމަ ގޮތެއްގައި ބަހާލުން ފަދަ ކޮންސެޕްޓްތަކާ މެދު ބައިވެރިންނަށް ވިސްނުން އިތުރުކުރުމެވެ.

8 ސެޕްޓެމްބަރު 2026، ކ. ތުލުސްދޫ، އައިޔޫއެމްގެ އައިއީޓީސީ އަދި ކަރިކިއުލަމް ޑިވެލޮޕްމެންޓް ވޯކްޝޮޕް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އައިޔޫއެމުން ބުނީ އެ ކޮންފްރެސްގައި އިންޓަރެކްޓިވް ސެޝަންތަކާއި، މަޝްވަރާތަކާއި، ހަރަކާތްތަކާއި، އަމަލީ މިސާލުތަކުގެ ތެރެއިން ބައިވެރިންނަށް އިސްލާމީ އިގުތިސާދީ އުސޫލުތައް ހަގީގީ ދުނިޔޭގެ މައްސަލަތަކާ ގުޅުވައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ފާޑުކިޔުންތެރި ވިސްނުމާއި ޓީމް ވޯކް އާއި އިސްލާމީ އިގުތިސާދުން ދެމެހެއްޓެނިވި އަދި ހުރިހާ ފަރާތްތަކެއް ހިމެނޭ އިގުތިސާދީ ތަރައްގީއަށް އެހީތެރިވެދޭނެ ގޮތްތަކުގެ އަގުވަޒަން ކުރުމަށް ވެސް އެ ކޭމްޕުގައި ހިތްވަރު ލިބިގެންދާނެ ކަމަށް އައިޔޫއެމް އިން ބުނެއެވެ.

އެ ޕްރޮގްރާމްގައި ބައިވެރިންނަށް ތައުލީމީ، ޕްރޮފެޝަނަލް، އަދި އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭނެ އިލްމާއި ވިސްނުންތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވިގެންދާނެއެވެ.

8 ސެޕްޓެމްބަރު 2026، ކ. ތުލުސްދޫ، އައިޔޫއެމްގެ އައިއީޓީސީ އަދި ކަރިކިއުލަމް ޑިވެލޮޕްމެންޓް ވޯކްޝޮޕް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މިއަދު ކުރިއަށްގެންދާ ހަރަކާތްތައް (ކީނޯޓް ސްޕީޗްތައް):

  • އެޕްލިކޭޝަން އޮފް އޭއައި އިން އިސްލާމިކް އިކޮނޮމިކްސް ރިސާޗް ނަންގަވައިދެއްވީ: ޕްރޮފެސަރު ޑރ. ޣައިރުއްޒަޒްމީ މަތް ޣަނީ
  • މަގާސިދް މެތޮޑޮލޮޖީ ފޯ އިކޮނޮމިކްސް ރިސާޗް ނަންގަވައިދެއްވީ: ޑރ. ޒައިދް ބަރްޒިންޖި
  • ފިލޯސޮފިކަލް ފައުންޑޭޝަން އޮފް އިސްލާމިކް އިކޮނިމިކްސް ނަންގަވައިދެއްވީ: ޕްރޮފެސަރު ޑރ. މުހައްމަދު އަސްލަމް މުހައްމަދް ހަނީފް
  • ޓިޕްސް ފޯ ރައިޓިންގް އެވޯޑް ވިނިންގް ރިސާޗް ޕޭޕާރު ނަންގަވައިދެއްވީ: އެސޯސިއޭޓް ޕްރޮފެސަރު ޑރ. މުހައްމަދު އަސްމީ މުހައްމަދު ތަސް ތެކާ
  • ސްކޯޕް އެންޑް މެތޮޑޮލޮޖީ އޮފް އިސްލޯމިކް އިކޮނިމިކްސް ނަންގަވައިދެއްވީ: އެސޯސިއޭޓް ޕްރޮފެސަރު ޑރ. މުހައްމަދު ނިޒާމް ބަރުމް
  • ރީއިމޭޖިނިންގް އިކޮނޯމިކްސް އެންޑް ފައިނޭންސް ނަންގަވައިދެއްވީ: ޑރ. އިލްދުސް
  • އެތިކްސް އިން އިސްލާމިކް އިކޮނޮމިކްސް: އެކްޒިއޮލޮޖިކަލް އިންކުއަރީ، ނަންގަވައިދެއްވީ: ޕްރޮފެސަރު ޑރ. ހަފަސް ފުރްޤާނީ