މާލޭގެ ކެފޭއަކުން ކެއުމަށް ފަހު ބިލަށް ފައިސާ ނުދައްކައި ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ގދ. ވާދޫ، ޖަވާހިރުމާގޭ ރާއިފް އަލީ 25އ އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އެ ކޯޓުން ވަނީ ދިހަ ދުވަސް ޖަހައިފައެވެ.
ފުލުހުން އޭނާގެ މައްޗަށް ކުރަނީ ވައްކަން ކުރުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ތިމާ އަމިއްލަ ބާރު ހިންގުމުގެ ކުށުގެ ތުހުމަތެވެ. ފުލުހުން އޭނާއަށް އެ ދެ ތުހުމަތު ކުރަނީ ކެފޭއަކުން ކައިގެން ބިލަށް ފައިސާ ނުދައްކައި ފިލަން އުޅުނު މައްސަލައާ ގުޅިގެންނެވެ.
އެ ކަމާ ގުޅިގެން އޭނާއާ ސުވާލުކުރުމުން ކުށަށް އިއުތިރާފުވެ އޭނާ ބުނީ އެކަން ކުރީ ބަނޑުހައިވެގެން ކަމަށެވެ.
ކޯޓު އަމުރުގައި ބުނީ ބަނޑުހައިވި ނަމަވެސް ހޮޓާ/ރެސްޓޯރެންޓުތަކުން ކެއުމަށް ފަހު ބިލަށް ފައިސާ ނުދެއްކުމަކީ ހުއްޖަތެއް ނޫން ކަމަށެވެ. އަދި މިއީ، މި އަހަރުގެ ތެރޭގައި އޭނާ އެ ފަދަ އަމަލެއް ހިންގި ތިން ވަނަ ފަހަރު ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
ކޯޓުގައި، ދިފާއުވުމަށް، ރާއިފް ބުނެފައިވަނީ އޭނާ ދިރިއުޅޭނެ ތަނެއް ނެތް ކަމަށާއި ގިނަ ފަހަރު ނިދަނީ ޖޯލިތަކުގައި ކަމަށެވެ. އަދި އާއިލާގެ މީހުން ދުނިޔޭގައި ތިބި ނަމަވެސް އެ މީހުންގެ ހަބަރެއް ނުވާ ކަމަށާއި ގިނައިން ކައިއުޅެނީ ސަލާން ޖަހައިގެން ކަމަށެވެ. ވަޒީފާވެސް އަދާ ނުކުރާ ކަމަށް އޭނާ ބުނެފައިވެއެވެ.
ރާއިފް އަކީ ކުށުގެ ރެކޯޑްވެސް އޮންނަ މީހެކެވެ. އެގޮތުން ވައްކަމާއި މުދަލަށް ގެއްލުން ދިނުމާއި ކައިގެން ބިލަށް ފައިސާ ނުދެއްކުމުގެ ކުށުގެ ރެކޯޑް އޭނާގެ އޮވެއެވެ.
އަލީ ޔާމިން
މަކަރާއި ހީލަތް
މަކަރާއި ހީލަތް
ކާން އިށީނުމުގެ ކުރިން ބިލް ދައްކާ ގޮތް ހުރިހާ ހޮޓެލުންވެސް ހަދަންވީ
އަބްދު ﷲ - 8 މަސް ކުރިން