މީހެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން އޭނާގެ ދަރިންނަށް މެސެޖްކޮށް ބޭންކު މެދުވެރިކޮށް ފައިސާ ނެގި މީހަކު ޖަަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ޖަލަށް ލާން ކުރިމިނަލް ކޯޓުުން ހުކުމް ކުރީ ގ.ބްލޫރިވަ އާދަމް ރަޝީދުގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުވާ ކުރީ، ހއ. އިހަވަންދޫ ދުފާާގެ މުހައްމަދު މައުމޫންގެ ފޭސްބުކް އެކައުންޓް ހެކް ކުރުމަށްފަހު، އޭނާގެ ފޭސްބުކް މެސެންޖާއިން އޭނާގެ ދަރިއެއް ކަމަށްވާ ހއ. އިހަވަންދޫ ރަތްއަސުރުމާގެ ފާތިމަތު ހައުލާއަށް މެސެޖް ކޮށް 1000 ރުފިޔާ ދިނުމަށާއި، މައުމޫންގެ އެހެން ދަރިއެއް ކަމަށްވާ ހއ. އިހަވަންދޫ ދުފާގެ އަހްމަދު ހަމްދޫނަށް މެސެޖުކޮށް 3500 ރުފިޔާ ފޮނުވުމަށް އެދި، އެފައިސާ އާދަމް ރަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ގ. ބުލޫލިވަ ހުސެއިން ރަޝީދުގެ ނަންމަތީގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓްގެ ނަންބަރު އެމީހުންނަށް ދީ އެ އެކައުންޓަށް ފައިސާ ޖަމާކުރުމުން އެ ފައިސާ ނަގައި އެފަރާތްތަކަށް ދީފައި ނުވާތީއެވެ.
މި މައްސަލައިގައި އާދަމް ރަޝީދުގެ މައްޗަށް ދައުލަތުން ކުރީ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާއަށް ކޯޓުގައި އާދަމް ރަޝީދު ވަނީ އިއުތިރާފު ވެފައެވެ.
އެހެންކަމުން އަމިއްލަ އިއުތިރާފުން އާދަމް ރަޝީދުގެ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލާން ހުކުމްކުރިއެވެ.
އިބްރާހިމް ޒަކީ
މަކަރާއި ހީލަތް
މަކަރާއި ހީލަތް
މަކަރާއި ހީލަތް
މަކަރާއި ހީލަތް
ކޮމެންޓް