ހުޅުމާލޭގައި ދެ ބައެއްގެ ދެމެދުގައި އިންޒާރު ދިން މައްސަލައެއްގައި ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލޭ ފޭސް ދޭއް، ހިޔާ ޓަވަރު ނުވައެއްގައި މިރޭ ދެ ބައެއްގެ މެދުގައި އެކަކު އަނެކަކަށް އިންޒާރުދީ ހަމަނުޖެހުން އުފައްދާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ތިން ކުއްޖަކު މައުލޫމާތު ސާފުކުރުމަށް ހުއްޓުވައި، އިތުރު 16 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހަމަނުޖެހުމުގައި ތޫނު އެއްޗެއް ބޭނުންކޮށްފައި ނުވާ ކަމަށާއި އަދި މާރާމާރީއެއް ވެސް ހިންގާފައި ނުވާ ކަމަށެވެ. ނަމަވެސް ހަމަނުޖެހުން ހިންގި ސަރަހައްދުން ތޫނު އެއްޗެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.