އުރީދޫ ފަން ރަން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހުންނަ އުރީދޫ ބިލްޑިންގެ ލައިޓުތަކުގެ ވީޑިއޯ ޝެއާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ހާއްސަ އިނާމެއް ދޭން އުރީދޫން ނިންމައިފިއެވެ.

އުރީދޫން ބުނީ ފަން ރަންއަށް ހާއްސަކޮށްގެން ކޮންމެ ރެއަކުވެސް އުރީދޫގެ އިމާރާތް މިހާރު ދިއްލަމުންދާ ކަމަށެވެ. އެގޮތުން މިމަހު 31ގެ ނިޔަލަށް އެ އިމާރާތުގެ ވީޑިއޯ ނަގައި، ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެ މުބާރާތުގައި ބައިވެރިވުމަށް:

  • އުރީދޫ ފަންރަން އަށް ހާއްސަ ކޮށް އުރީދޫ ބިލްޑިން ދިއްލާލާފައިވާތަނުގެ ވީޑިއޯއެއް ނަގާލާ
  • އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓިކްޓޮކްގައި ޕޯސްޓްކޮށްލާ
  • އުރީދޫ މޯލްޑިވްސް ޓެގްކޮށް އަދި އުރީދޫ ފަންރަން ހޭޝްޓެގް ބޭނުންކޮށްލާ (@ooredoomaldives #OoredooFunRun)

އުރީދޫ ފަން ރަން އޮންނާނީ ޑިސެމްބަރު 19 ގައެވެ. އެ ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

ފަން ރަންގައި ބައިވެރިވުމަށް އަންނަ މަހުގެ 14 ވާ ހުކުރު ދުވަހުގެ 23:59 ގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ޖާގަ ފުރުމުގެ ކުރިން ކުރީބައިގައި މޫލީ މެދުވެރިކޮށް ރަޖިސްޓްރީ ވާން ހުރިހާ ފަރާތްތަކަށް އުރީދޫން ދައުވަތުދެއެވެ.

ބައިވެރިންނަށް ދެ ކިޓް އޮޕްޝަނެއް އިހުތިޔާރު ކުރެވޭނެ:

  • ސްޓޭންޑާޑް ކިޓްސް، 110 ރުފިޔާއަށް: ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް ހިމެނޭ.
  • ފަން ކިޓްސް، 210 ރުފިޔާއަށް: ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ކްލޯތު ބޭގާއި އައިގްލާސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭ.

އުރީދޫން ބުނީ މިމަހުގެ 31 ގެ ނިޔަލަށް އިތުރު އަގަކާ ނުލައި ފަން ކިޓްގެ ބިބް ކަސްޓަމައިޒް ކުރެވޭނެ ކަމަށެވެ.

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށްގެންދިޔަ މަޖާ އެ ހަރަކާތްތަކުގައި 6500 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

އުރީދޫން ބުނީ ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް އެ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ އިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ އެ ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އެއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފަ ނޫނީ ނަށަމުންވެސް އެ ދުވުން ނިންމޭނެއެވެ.

އުރީދޫ ފަން ރަން 2025 ގައި ރަޖިސްޓަރީވުމަށް: https://ore.do/funrun-2025