މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތުލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވަން ނިންމާފައިވަނީ ރ. ދުވާފަރުގައެވެ.
ކެޔޮޅުންގެ އެވޯޑާއި ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމަށް އެޕްލިކޭޝަން ބަލައިގަތުމުގެ ސުންގަޑި މިމަހުގެ 23 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށްވަނީ ހަމަވެފައެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނީ، އެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ކަމަށެވެ.
މި އެވޯޑުތަކަށް ކުރިމަތިލުމަށް ނަން ހުށަހެޅުމަށް ހުޅުވާލާފައިވާ އެވޯޑުތަކަކީ:
- މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)
- މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)
- އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު
އެވޯޑުތަކަށް އެދި ނަން ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ދެ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ އެވެ. އެއީ ކެޔޮޅު އެވޯޑު އެޕްލިކޭޝަން ފޯމާއި ފަރުމަސްވެރިޔާ އެޕްލިކޭޝަން ފޯމެވެ.
މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅިދާނެއެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް ހުށަހަޅަން ޖެހެނީ [email protected] މިނިސްޓްރީގެ އީމެއިލް އެޑްރެހަށެވެ.
ފާތިމަތު ލިއުޝާ
މަސްވެރީންގެ ދުވަސް
މަސްވެރީންގެ ދުވަސް
މަސްވެރީންގެ ދުވަސް