އިންޑިއާގެ ވެރިރަށް ދިއްލީގެ ވައި ނުރައްކާތެރި ދަރަޖައަކަށް ނުސާފުވެއްޖެއެވެ.
ދިއްލީގެ ވައި ނުރައްކާތެރި ދަރަޖައަކަށް ނުސާފުވެފައިވާއިރު އަވަށްޓެރި ސިޓީތަކަށް ވެސް އެކަމުގެ ނުރައްކާ ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދިއްލީ ވެފައިވަނީ އިންޑިއާގެ އަވަށްތަކުގެ ތެރެއިން އަބަދުވެސް ވައި ނުސާފުކަން ފާހަގަކުރެވޭ ސިޓީއަކަށެވެ. އޮފިޝަލުން ބުނަނީ، މިހަފުތާތެރޭ ނުރައްކާތެރި ދަރަޖައަކަށް ވައި ނުސާފުވާން މެދުވެެރިވެފައި މިވަނީ އިންޑިއާގައި ހިންދޫން ފާހަގަކުރާ ދިވާލީގެ ސަބަބުން ބަޑިބޭހުގެ ހަރަކާތްތަކާ ގުޅިގެން ކަމަށެވެ.
އޮފިޝަލުން ބުނަނީ ބަޑިބޭހުގެ މައްސަލައިގެ އިތުރުން ދިއްލީއާއި އަވަށްޓެރި ޕަންޖާބާއި ހަރްޔާނާގެ އިތުރުން އުއްތަރަޕްރަދޭޝްގެ ދަނޑުބިންތައް އެންދުމުގެ ސަބަބުންވެސް އެ ސަރަހައްދުގެ ވައި ނުސާފުވުމަށް މަގުފަހިވެފައިވާކަމަށެވެ.
މުހައްމަދު އައުޒަމް
ތިމާވެށި
ތިމާވެށި
ތިމާވެށި
ތިމާވެށި