އެކްޓަރު އަދި ސިޔާސީ ޝަހުސިއްޔަތު ސްމްރިތީ އިރާނީގެ މަޝްހޫރު ޝޯ "ކިޔުންކީ ސާސް ބީ ކަބީ ބަހޫ ތީ"ގެ ރީބޫޓްގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބިލް ގޭޓްސް ފެނިގެންދާނެކަމަށް ބުނެފިއެވެ.
މިކަން އާންމުކޮށް، ބާލާޖީ ޓެލެފިލްމްސް ލިމިޓެޑުން އެ ކުންފުނީގެ އިންސްޓަގްރާމް އެކައުންޓުގައި ވަނީ ޓީޒާއެއް ހިއްސާކޮށްފައެވެ. އެ ޓީޒާގައި، ސްމްރިތީ ނުވަތަ ތުލްސީ ލެޕްޓޮޕް ހުޅުވާލާފައި ވީޑިއޯ ކޯލެއް ކޮށްފައި، "ޖޭ ޝްރީ ކްރިޝްނާ! އެމެރިކާއިން ސީދާ އަހަރެންމެންގެ އާއިލާއާ ގުޅުނުކަން އެނގުމުން ވަރަށް އުފާވެއްޖެ. އަހަރެމެން ހުރިހާ އެންމެން ވެސް ވަރަށް ކެތްތެރިކަމާއެކު ތިބޭފުޅާއަށް އިންތިޒާރު ކުރަމުން މިދަނީ." މިއީ މިއުފާވެރި ހަބަރުގެ ފެށުމެވެ.
ނަމަވެސް، ޓީޒާގައި ހާއްސަ މެހެމާނުގެ މޫނު ދައްކާފައެއް ނުވެއެވެ. ސްމްރިތީ ވަނީ ވަރަށް އަވަހަށް މި ހާއްސަ މެހެމާނަކީ ކާކުކަން ހާމަވާނެ ކަމަށް ބުނެފައެވެ. ހަބަރުތައް ބުނާގޮތުގައި މި ހާއްސަ މެހެމާނު ފެނިގެންދާނީ ބުރާސްފަތި އަދި ހުކުރު ދުވަހު ޕްރިމިއާ ކުރާ އެޕިސޯޑުތަކުންނެވެ.
އަންހެނުންނާއި ކުޑަކުދީންގެ ތަރައްގީއާ ބެހޭ ކުރީގެ މިނިސްޓަރެއް ކަމަށްވާ ސްމްރިތީ އިރާނީ، ސީއެންބީސީ-ޓީވީ18 އަށް ދިން އިންޓަވިއުއެއްގައި ބުނީ، "މިއީ އިންޑިއާގެ މުނިފޫހިފިލުވުމުގެ ތާރީހީ ވަގުތުކޮޅެއް" ކަމަށެވެ. މިހާ ވަރުގަދަ، މަޝްހޫރު ޝަހުސިއްޔަތެއް ކުޑަ ސްކްރީނެއްގެ ޝޯއަކުން ފެނުމަކީ ބެލުންތެރީންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހައިރާންކަމަކާއި އުފަލެކެވެ.
އެކްތާ ކަޕޫރު އުފައްދާފައިވާ މި ސީރީޒުން، ސްމްރިތީ އިރާނީ (ތުލްސީ ވީރާނީގެ ރޯލުން) އަދި އަމަރް އުޕާދޭ (މިހިރުގެ ރޯލުން) ފެންނާނެއެވެ.
މީގެ އަސްލު ޝޯއަކީ އަށް އަހަރު ދުވަހުގެ ތެރޭގައި 1833 އެޕިސޯޑް ދެއްކި ޝޯއެއް ކަމުގައިވީ ނަމަވެސް، މި އަލަށް ފުރޮޅުވައިލެވުނު ޝޯއަކީ 150 އެޕިސޯޑްގެ ލިމިޓެޑް ސީރީޒެއްގެ ގޮތުގައި އުފައްދާފައިވާ ޝޯއެކެވެ. މި ޝޯ ސްޓާ ޕްލަސްއިން ޕްރިމިއާ ކުރީ މި އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. މީގެ އިތުރުން ޖިއޯހޮޓްސްޓާ މެދުވެރިކޮށް ޑިޖިޓަލީ ވެސް މި ޝޯ ބެލުންތެރިންނަށް ފެންނާނެއެވެ.
ބިލް ގޭޓްސް
ބިލް ގޭޓްސް
ބިލް ގޭޓްސް
ބިލް ގޭޓްސް