ބިލްގޭޓްސްގެ މިލްކިއްޔާތުން 200 ބިލިއަން ޑޮލަރު އެފްރިކާއަށް ދޭން ނިންމައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި، މައިކްރޯސޮފްޓްގެ ފައުންޑަރ ބިލްގޭޓްސް އޭނާގެ މިލްކިއްޔާތުން 200 ބިލިއަން ޑޮލަރު އެފްރިކާއަށް އެހީވުމަށް ދޭނީ ކުރިޔަށް އޮތް 20 އަހަރަށް ބަހާލައިގެންނެވެ.
އެފްރިކަން ޔޫނިއަންގެ މައި އިދާރާގައި ވާހަކަ ދައްކަވަމުން ބިލްގޭޓްސް ވަނީ އެފްރިކާގެ ސިއްހީ ހާލަތާއި ތައުލީމީ ހާލަތު ރަނގަޅު ކުރަން އެހީވާން ނިންމަވައިފައިވާކަން އިއުލާނުކުރައްވައިފައެވެ. އަދި އެފްރިކާގެ ކޮންމެ ގައުމަކީވެސް ހާލަތު ބަދަލުވަމުންދާނެ ގައުމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެމެރިކާގެ އާ ސަރުކާރު އައުމަށްފަހު އެ ގައުމުން އެފްރިކާއަށް ދެމުން ދިޔަ އެހީ ކަނޑާލުމާ ގުޅިގެން އެފްރިކާގެ ސިއްހީ ހާލަތު ދަށްވެފައިވާއިރު ބިލްގޭޓްސްގެ އެހީގައި އެކަން ފޫބައްދައި އެފްރިކާގެ ހާލަތު ރަނގަޅު ކުރުމަށް އިތުރު ފުރުސަތެއް ލިބިގެން ދާނެ ކަމަށް އެ ބައްދަލުވުމުގައި އެފްރިކާގެ ގައުމުތަކުގެ ވެރިން ވަނީ ފާހަގަކުރައްވައިފައެވެ.
މުހައްމަދު އައުޒަމް
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ