ފޯބްސްގެ ބިލިއަނަރުންގެ ލިސްޓު ނެރެފިއެވެ.

ފޯބްސް އިން އިއްޔެ ނެރެފައިވާ 39 ވަނަ އެނުއަލް ބިލިނިއަރުންގެ ލިސްޓުގެ އެއްވަނައިގައި އޮތީ ޓެސްލާގެ އޯނަރު އިލަން މަސްކެވެ.

ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުގެ އެއްވަނައިގައި އުމުރުން 53 އަހަރުގެ މަސްކު ހިމެނިފައިވާ އިރު، އޭނާގެ މިލްކިއްޔާތުގައި 342 ބިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް ބުނެފައިވެއެވެ.

ލިސްޓުގެ ދެވަނައިގައި ވަނީ މެޓާގެ ފައުންޑަރު މާކް ޒަކަބާގްއެވެ. އޭނާގެ މިލްކިއްޔާތުގައި ހުރީ 216 ބިލިއަން އެމެރިކާ ޑޮލަރެވެ.

ލިސްޓުގެ ތިން ވަނައިގައި އެމޭޒަންގެ ވެރިޔާ ޖެފް ބެޒޮސް ހިމެނޭ އިރު، އޭނާގެ މިލްކިއްޔާތުގައި 215 ބިލިއަން ޑޮލަރު ހުރި ކަމަށް ލިސްޓުގައިވެއެވެ.

ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުގައި މީގެކުރިން އެތައް އަހަރެއް ވަންދެން އެއްވަނައިގައި ހިމެނުނު ބިލް ގޭޓްސް މިފަހަރުގެ ލިސްޓުގައި ވަނީ 13 ވަނަ އަށް ވެއްޓިފައެވެ. އޭނާގެ މިލްކިއަޔާތުގައި 108 ބިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް ލިސްޓުގައިވެއެވެ.