ބިލް ގޭޓްސްގެ މިލްކިއްޔާތު އެއްކޮށް ހަދިޔާ ކުރަން ނިންމައިފިއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ، މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް ވަނީ އޭނާގެ މިލްކިއްޔާތު އެއްކޮށް ގޭޓްސް ފައުންޑޭޝަނަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށް އިއުލާންކޮށްފައެވެ.

ގޭޓްސް ވަނީ މީހުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަކީ އޭނާއަށް އަމިއްލައަށް ހުރި މައްސަލަތަކަށްވުރެ މުހިންމު ކަމެއް ކަމަށް ބުނެފައެވެ. އެގޮތުން ގޭޓްސް ވަނީ އޭނާގެ މިލްކިއްޔާތު އެއްކޮށް އާންމުންނަށް އެހީ ދިނުމަށް ހަދިޔާކުރާނީ ވާޗުއަލްކޮށް ކަމަށް ބުނެފައެވެ.

ގޭޓްސް ވަނީ އޭނާ ހަދިޔާކުރި އެހީގެ ސަބަބުން ކުރިއަށްއޮތް 20 އަހަރުތެރޭ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ލުއި ހޯދައިދިނުމަށް އެހީވެވޭނެކަން ފާހަގަކޮށްފައެވެ.

ބިލް ގޭޓްސްގެ އެހީއާއެކު ގޭޓްސް ފައުންޑޭޝަނުން ވަނީ 2045 އަންނަންވާއިރަށް އެހީގެ ގޮތުގައި 200 ބިލިއަން އެމެރިކާ ޑޮލަރު ބޭނުން ޖެހިފައިވާ މީހުންނަށް ބޭނުންކުރަން އަމާޒު ހިފާފައިވާ ކަމަށް ފާހަގަކޮށްފައެވެ.