އިތުބާރުކުރެވޭ މަގާމެއްގައި ހުރެ 13 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލަ ރޭ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގައި އުމުރުން 46 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ ހުޅުމާލެއިންނެވެ.
ދަރިވަރެއްގެ ގައިގައި އަތްލައި ދަރިވަރަކަށް އިންޒާރުދިން ޓީޗަރަކު އަދި އެހެން ދަރިވަރެއްގެ ގައިގައި އަތްލި އިތުރު ޓީޗަރެއްގެ މައްސަލަވެސް ފުލުހުން ދަނީ ބަލަމުންނެވެ.
ފުލުހުން ބުނިގޮތުގައި އެ ދެ މައްސަލަވެސް ހުށަހަޅާފައިވަނީ އުތުރުގެ ދެ ރަށަކުންނެވެ.
"ނޯތު ޕޮލިސް ހިމެނޭ ރަށެއްގެ ސްކޫލް ދަރިވަރެއްގެ ގައިގައި ޓީޗަރަކު އަތްލައި ދަރިވަރަކާ ދައްކަން ނުޖެހޭ ފަދަ ވާހަކަތައް ދެއްކުމުގެ އިތުރުން ދަރިވަރަށް ބިރުދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހު ފުލުހުންނަށް ހުށަހަޅާފައިވޭ،" ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން އިންޑިއާއަށް ނިސްބަތްވާ 54 އަހަރުގެ މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން އުތުރުގެ އެހެން ރަށެއްގެ ސްކޫލެއްގެ ޓީޗަރަކު ދަރިވަރެއްގެ ގައިގައި އަތްލި މައްސަލައެއް މިމަހު 15 ދުވަހުވެސް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާކަމެއް ނުވަތަ ނޫންކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އެނގިފައިވާ ގޮތުގައި އެ ޓީޗަރު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.
އާއިޝަތު މާހާ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ