އައްޑޫ ސިޓީ ހިތަދޫގައި މަރުވެފައި އޮއްވައި މިއަދު ފެނުނު ދެ މީހުންގެ މަރުގައި ޝައްކުކުރެވޭ ކަމެއް ފާހަގަނުކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނިގޮތުގައި މަރުވެފައި އޮއްވައި ފެނުނީ އުމުރުން ދުވަސްވީ ދެ މީހުންނެވެ. އެނގިފައިވާ ގޮތުގައި އެއީ ދެމަފިރިންނެވެ. އެ ދެ މީހުންނަކީ:

  • އިބްރާހިމް އަބްދުﷲ، 60އ، ކުރޭނގެ، ސ. ހިތަދޫ
  • ފަރަހަނާޒް ރަޝީދު، 52އ، ނާރެސް، ސ. މަރަދޫ

ފުލުހުން ބުނީ އެ މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތުކުރެވޭ ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.