އައްޑޫ ހިތަދޫގެ ގެއެއްގެ ތެރޭ ދެ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނުނީ އަންހެނަކާއި ފިރިހެނެއް ކަމަށެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

ފުލުހުން ބުނިގޮތުގައި މަރުވެފައި އޮއްވައި ފެނުނީ އުމުރުން ދުވަސްވީ ދެ މީހުންނެވެ. އެނގިފައިވާ ގޮތުގައި އެއީ ދެމަފިރިންނެވެ. އެ ދެ މީހުންނަކީ:

  • އިބްރާހިމް އަބްދުﷲ، 60އ، ކުރޭނގެ، ސ. ހިތަދޫ
  • ފަރަހަނާޒް ރަޝީދު، 52އ، ނާރެސް، ސ. މަރަދޫ

ފުލުހުން ބުނީ އެ މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތުކުރެވޭ ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.