އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު 24 އަހަރާއި ނުވަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެެވެ.
މި މައްސަލައިގައި ހުކުމް ކުރީ ނ. ކޮމަންޑޫ ވިނަރެސް ހުސައިން ނަބީލްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށެވެ.
ފުލުހުން އޭނާ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސ. ގަން އެއާޕޯޓަށް ދިޔަ މޯލްޑިވިއަން ފްލައިޓުން އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
އެ ދުވަހު ގަން އެއާޕޯޓްގެ އެރައިވަލް ޓާމިނަލް ތެރޭގައި ފުލުހުން ތިއްބައި އޭނާ ފްލައިޓުން ފައިބައިގެން ގޮސް އެއާޕޯޓްގެ ޑޮމެެސްޓިކް އެރައިވަލްއަށް ވަނުމުން ފުލުހުން އޭނާ ހުއްޓުވިއެވެ. އެއަށްފަހު އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު އޭނާގެ ޖީބުން ފެނުނު ދެ ރަބަރު ޕެކެޓުން ވަނީ ޑައިމޯފިން ފެނިފައެވެ.
މި މައްސަލަައިގައި 24 އަހަރާއި ނުވަ މަހަށް ޖަލަށްލުމުގެ އިތުރުން 100،000 ރުފިޔާއިން އޭނާ ޖޫރިމަނާކޮށް 12 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދައްކަންވެސް ހުކުމްގައި އޭނާއަށް ވަނީ އަންގައިފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް