ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި ރޯވެ، ބެލްކަނީގައި ހުރި ތަކެއްްޗަށް ގެއްލުންވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ހިޔާ ޓަވަރު 11 ގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމުުގެ މައުލޫމާތު މިއަދު 11:30 އެހާއިރު ރިޕޯޓުކުރިކަމަށެވެ.

އަލިފާން ރޯވެފައިވާކަމަށް ބެލެވެނީ އިލެކްޓްރޯނިކް ސޮކެޓެއްގައި ރޯވުމުގެ ސަބަބުން ކަމަށެވެ.

އެ ހާސިދާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި ނަމަވެސް އަލިފާން ރޯވި ބެލްކަނީގައި ހުރި ތަކެއްޗަށް ބޮޑެތިގެއްލުންތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެތަނުގައި ހުރި އޭސީ ބޭރު ޔުނިޓަކަށާއި ބެލްކަނީގައި ހުރި އެއްޗެތި ބަހައްޓާ ކަބަޑަކަށާއި އަދި އެތަނުގައި ބަހައްޓާފައި ހުރި ތެލިފަދަ ތަކެއްޗަށްވެސް ގެއްލުންވެފައިވާ ކަަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.