ހުރިހާ ވަގުތެއްގައި ސިއްހީ އެހީތެރިކަން ބޭނުންވާ ފަދަ ބޮޑެތި ބަލިތަކުގެ މީހުންނަށް ހައްޖަށް ނުދެވޭ ގޮތަށް ސައުދީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލާ ރާއްޖޭން ހިލާފުވެފައި ވާތީ އެ އުސޫލަށް އަމަލުކުރަން ސައުދީ ސަރުކާރުން ރަސްމީކޮށް އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ބޮޑެތި ބަލިތަކުގެ މީހުން ހައްޖަށް ނުގެންދަން އަންގާފައި އޮންނަނީ އެމީހުންގެ ފުރާނަ ރައްކާތެރިކުރަން ކަމަށެވެ. ސައުދީ އަރަބިއްޔާއިން އެ ގޮތަށް އުސޫލު ކަނޑައަޅާފައި އޮތް ނަމަވެސް ރާއްޖޭން އަމަލުކުރަމުން އައީ އެ ގަވައިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން މިދިޔަ ފަސް އަހަރުގެ ތެރޭގައި، އެންމެ ފުރަތަމަ އަހަރުން ފެށިގެން ބޮޑެތި ބަލިތަަކުގެ މީހުންނަށް ކޯޓާގެ ފަސް ޕަސެންޓް އޮތް ރާއްޖޭން ރަސްމީކޮށް ހަމަޖައްސާފަ. އެއީ ސައުދީ އަރަބިއްޔާގެ އުސޫލުތަކާ ހިލާފަށް ކުރި ކަމެއް. އެހެންކަމުން ރާއްޖެއަށް މިހާރު އަންގާފަ އޮތީ ރަސްމީކޮށް، ސީދާ ދިވެހިރާއްޖޭން އުސޫލުތަކަށް ތަބާވުމަށް،" މިިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު