'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން ލ. ކަލައިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ހިދުމަތް ތައާރަފު ކުރުމާއެކު، އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމުކޮށްފި އެވެ.
ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ދޭން ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ގާއިމުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެކެވެ. މި ވައުދުފުޅާ އެއްކޮށް ލ. އަތޮޅުގެ ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ނުލިބި ހުރި ހިތަދޫ، ކުނަހަންދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، އިސްދޫ އަދި ކަލައިދޫގައި މިވަނީ އެ ހިދުމަތް ލިބެންފަށައިފައެވެ.
ފާތިމަތު ލިއުޝާ
ލ. އަތޮޅު
ލ. އަތޮޅު
ލ. އަތޮޅު
ލ. އަތޮޅު