ލ. އިސްދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.

އިސްދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވީ ލ. އަތޮޅުގެ ރަށްތަކަށް އެ މަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ގާއިމުކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ.

އެ ވައުދުފުޅުގެ ދަށުން ލ. އަތޮޅުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ލިބެން ނެތް ހިތަދޫ، ކުނަހަންދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ އަދި އިސްދޫގައި ވަނީ އެ ހިދުމަތް ފަށައިފައެވެ.

ބީއެމްއެލްގެ އަމާޒަކީ މިމަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފެށުމެވެ.