ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

އެ މައްސަލައާ ގުޅިގެން އޭސީސީން ކޮމިޓީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓުގެ ބައެއް ފަނޑިޔާރުންގެ މައްސަލައެއް ތަހުގީގު ކުރަން ބޭނުންވާ ކަމަށެވެ.

ނަަމަވެސް ކޮމިޓީގެ މެންބަރު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު އޭސީސީގެ ސިޓީ ކޮމެޓީގައި ވިދާޅުވިއުިރު، އެއީ ސުޕްރީމް ކޯޓަށް ތާވަލު ކޮށްފައިވާ ކޮން މައްސަލައަކާ ގުޅިގެންކަމެއް، އަދި އެ މައްސަލައާ ބެހޭގޮތުން ތަހުގީގު ކުރަނީ ކޮން ފަނޑިޔާރުންތަކެއްގެ މައްޗަށްކަމެއް ވިދާޅެއް ނުވެއެވެ.

އެކަމުގައި ކޮމިޓީން ނިންމާ ގޮތެއް އަންގައިދިނުމަށް އެދި އޭސީސީން ފޮނުވި ސިޓީއާބެހޭގޮތުން ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން އެ މައްސަލައިގައި އެޓާނީ ޖެނެރަލް (އޭޖީ)ގެ ގާނޫނީ ލަފައެއް ހޯދުމަށްވެސް އަޝްރަފް ރަޝީދު ހުށަހެޅުއްވިއެވެ.

އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ.

އެހެންކަމުން އޭޖީގެ ލަފާ ލިބުމުން، އޭސީސީން ހުށަހެޅި މައްސަލައަށް ކޮމީޓީން ގޮތެއް ނިންމުމަށް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.