އަންނަ ރޯދަމަސް އައުމުގެ ކުރީން އިސްލާމީ ދާއިރާގެ ބޮޑު 15 މަޝްރޫއެއް ނިންމައިލެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިސްލާމީ ދާއިރާގެ މަޝްރޫއުތަކާބެހޭ ގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގިނަ މަޝްރޫއުތަކެއް ނިންމުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަަމަށެވެ.
އެގޮތުން އަންނަ ރޯދަ މަހުގެ ކުރީން ބޮޑު 15 މަޝްރޫއެއްގެ މަސައްކަތް ނިމޭއިރު އޭގެ ތެރޭގައި، 500، މީހުންނާއި 700 މީހުންގެ ޖާގައިގެ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ހުރިހާ މަޝްރޫއެއް ނިންމުމަށް ސަރުކާރުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ހާއްސަކޮށް އިސްލާމީ ދާއިރާގެ މަޝްރޫއުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާ ކަމަށެވެ.
"އެގޮތުން ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކަށް މަޝްރޫއުތައް ނިންމުމަށް މިދިޔަ ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި 170 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވީ ދޫކޮށްފަ އެއީ މަޝްރޫތަކަށް،"
އިބްރާހިމް ޒަކީ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު