ވޯލްޑް ޓޫރިޒަމް އެވޯޑްސް 2025ގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.
އެވޯޑް ރާއްޖެއަށް ދީފައިވަނީ މި އަހަރުގެ ވޯލްޑް ޓޫރިޒަމް އެވޯޑްސް ދިނުމަށްޓަކައި ބެލްޖިއަމްގެ ވެރިރަށް، ބްރަސަލްސްގައި މިއަދު ބޭއްވި ހަފުލާއެއްގައެވެ.
އެ އެވޯޑު ރާއްޖެއަށް ދީފައިވަނީ، ރާއްޖޭގެ ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި ސާފު ރީތި މޫދާއި ފަރުތަކުގެ މައްޗަށް ބަލައިގެންނެވެ.
އެ އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ، ސްޕެޝަލް އެންވޯއީ ޓު ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަންމަނިކެވެ.
މި އަހަރުގެ ގްލޯބަލް ޓޫރިޒަމް އެނުއަލް މީޓިން ބާއްވާފައިވަނީ "ރީޑިފައިނިން ޓޫރިޒަމް އިން އަ ޗޭންޖިން ވޯލްޑް" މި ޝިއާރުގެ ދަށުންނެވެ.
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް