ލިވަޕޫލްގެ ކޯޗުކަމާ އަލުން ހަވާލުވުމަކީ "ތިއޮރެޓިކަލީ" ވެދާނެ ކަމެއް ކަމަށް ކުރިން އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދި، ޔާގަން ކްލޮޕް ބުނެފިއެވެ.
ކްލޮޕް ލިވަޕޫލް ދޫކޮށްލީ 2023-24 ވަނަ އަހަރުގެ ސީޒަނަށްފަހުއެވެ. އޭނާ އެ ކްލަބާ ހަވާލުވެ ހުރި ނުވަ އަހަރު ދުވަހުގެ ތެރޭގައި ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުވެސް ކާމިޔާބު ކޮށްފައިވެއެވެ. އަދި ކްލޮޕް ކްލަބު ދޫކޮށްލި ފަހުންވެސް ލިވަޕޫލުން ވަނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.
ކްލޮޕް މިހާރު އަދާކުރަމުންދާ ވަޒީފާއަކީ ރެޑް ބުލްގެ ހެޑް އޮފް ގްލޯބަލް ސޮކާގެ މަގާމެވެ.
"އަހަރެން ކުރިންވެސް ބުނިން އިންގްލެންޑްގައި އަހަރެން ކޯޗުކަން ކޮށްދޭނެ ހަމައެކަނި ޓީމަކީ ލިވަޕޫލް ކަމަށް. އެހެންވީމަ އެ ކްލަބަށް އެނބުރި ދިޔުމަކީ ތިއޮރެޓިކަލީ ވެދާނެ ކަމެއް،" ކްލޮޕް ބުންޏެވެ.
ލިވަޕޫލްގެ ހާލަތު މި ސީޒަނުގައި އޮތީ ދަށްކޮށެވެ. ގިނަ ޓްރާންސްފާތަކަކާއެކު ރަނގަޅު ފެށުމަކުން ފެށި ނަމަވެސް، އެންމެފަހުން އެޓީމުން ކުޅުނު ހަތަރު މެޗުންވެސް ވަނީ ބަލިވެފައެވެ. އެ ހާލަތަށް ކްލަބު ދިޔުމާއެކު މިހާރު ހުރި ކޯޗު އާނޭ ސްލޮޓްގެ މަގާމާމެދު ބައެއް ސަޕޯޓަރުން ވަނީ ފާޑު ކިޔައިފައެވެ.
"އަހަންނަށް ޔަގީން ސްލޮޓް ހާލަތު ބަދަލުކުރާނެކަން. އެހެން ނޫނަސް އަހަރެން ބޭނުމެއް ނުވޭ، އަހަރެން މިހާރުވެސް ކޯޗެއްގެ މަގާމު އަދާކުރަނީ، ތަފާތަކީ ކުޅުންތެރިންނަށް އެކަން ނުކޮށްދޭކަން. ކޯޗުކަން ކޮށްދޭން ދެގަޑިއިރު ވާރޭގައި ހުރުމާއި ޕްރެސްތަކަށް ދިޔުމާ، މި ކަންކަން މަތިން އަހަރެން މިހާރު މިސްއެއް ނުވޭ،" ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ އޭނާއަށް 58 އަހަރު ނަމަވެސް، މިހާރު ކުރަމުންދާ މަސައްކަތަށްފަހު އަދި ކޯޗިންނަށް ނުކުންނަން ހިޔާލުކުރާނެ ކަމަށެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް