ލ. ފޮނަދޫގައި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ކެމްޕަހުގެ ބިންގާއަޅައިފި އެވެ.
ފޮނަދޫ އިސްލާމިކް ޔުނިވަސިޓީގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލާ އަލީ ޒާހިރު އެވެ.
އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީ ބައިވެރިވެވަޑައިގަތެވެ.
އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 17.60 މިލިޔަން ރުފިޔާއަށް އެއް އަހަރުތެރޭ ނިންމައި ހަވާލުކުރާގޮތަށެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 3911.92 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ބުރީގެ އިމާރާތެއް ގާއިމް ކުރުން.
- 1970.76 އަކަފޫޓުގެ ސަރަހައްދެއްގައި އެއް ބުރީގެ މިސްކިތަކާއި ވުޟޫކުރާ ބައެއް ހެދުން.
- 1571.53 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ބުރީގެ މުވައްޒަފުން ތިބޭނެ ބައެއް ހެދުން.
- 7836.12 އަކަފޫޓުގެ ސަރަހައްދެއްގައި ހަތަރު ބުރީގެ މުނިފޫހިފިލުވާނެ ބަޔަކާއި ޖިމަކާއި ކެފެޓީރިއާއެއް ހެދުން.
މީގެ އިތުރުން ފޮނަދޫގައި އެމްއެންޔޫ ކެމްޕަސް އެންޑް ލެންގުއޭޖް ސްކޫލް ހެދުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)އާއެކު އެމްޓީސީސީން އެއްބަސްވުމެއްގައި ސޮއިކުރީ ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެމްއެންޔޫގެ ފަރާތުން މަސައްކަތު އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. ރަހީމާ އަބްދުއްރަހީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީ އެވެ.
ފާތިމަތު ލިއުޝާ
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)