ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާގައި ހިންގާ 70 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައިޔޫއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މި ކޯސްތަކުގެ ތެރޭގައި ޕީއެޗްޑީ ފެންވަރުގެ ތިން ކޯހާއި، މާސްޓާސް ފެންވަރުގެ 18 ކޯހާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާގެ އެއް ކޯހެއް ހިމެނެއެވެ. އޭގެ އިތުރުން ބެޗްލާސް ފެންވަރުގެ 15 ކޯހަކާއި، އެސޯސިއޭޓް ޑިގްރީ އެއް ކޯހަކާއި، ޑިޕްލޮމާ 10 ކޯހެއް އަދި ސެޓްފިކެޓް ފެންވަރުގެ 22 ކޯހެއް ވެސް ހިމެނެއެވެ.
ގުރުއާނާއި ހަދީސް، ޝަރީއާ އެންޑް ލޯ، ފިގުހު، އިސްލާމިކް ސްޓަޑީޒް، އިމާމްޝިޕް، ލެންގުއޭޖް، އެޑިއުކޭޝަން، ކައުންސެލިން، ފައިނޭންސް، އެކައުންޓިން، ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް އަދި ޖާނަލިޒަމް ފަދަ ތަފާތު ދާއިރާތަކުން ކޯސްތައް ހުޅުވާލާފައިވެއެވެ.
މާލޭގެ އިތުރުން ރ. އުނގޫފާރު، ޅ. ނައިފަރު، ލ. ފޮނަދޫ، ތިނަދޫ ސިޓީ، ފުވައްމުލަކު ސިޓީ، އައްޑޫ މީދޫ އަދި އައްޑޫ ސިޓީ މަރަދޫފޭދޫގައި ހުންނަ އައިޔޫއެމްގެ ކެމްޕަސްތަކުގައި މި ކޯސްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ޑިގްރީ ފެންވަރުގެ ހުރިހާ ކޯހެއް ހިންގާނީ ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ތެރެއިން 100 އިންސައްތަ ކޯސް ފީ ހިލޭ ކޮށެވެ. ބައެއް ކޯސްތައް އޮންލައިންކޮށާއި ބްލެންޑެޑް އުސޫލުންނާއި ކުލާހަށް ހާޒިރުވެގެން ވެސް ކިޔެވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.
ކޯހަށް ކުރިމަތިލާ ފަރާތްތަކުން ފޯމާ އެކު އެޓެސްޓް ނުވަތަ އެކްރެޑިޓް ކޮށްފައިވާ ސަނަދުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީއާއި، އައިޑީކާޑު ކޮޕީއާއި، ޕާސްޕޯޓު ސައިޒް ފޮޓޯއެއް ހުށަހަޅަން ޖެހެއެވެ. ޕީއެޗްޑީ ކޯސްތަކަށް ހުށަހަޅާ ފަރާތްތަކުން ދެ ރިފަރެންސް ލެޓާ އަދި ކޮންސެޕްޓް ޕޭޕަރެއް ވެސް ބޭނުންވެއެވެ. ފޯމު ހުށަހެޅުމުގެ ގޮތުން ކެމްޕަސްތަކަށް ސީދާ ހުށަހެޅުމުގެ އިތުރުން، އީމެއިލް މެދުވެރިކޮށް ([email protected]) ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެއެވެ.
މި ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 31 ޑިސެމްބަރު 2026 ގެ 13:00 އެވެ. ކޯސްތަކާ ގުޅޭ އިތުރު މައުލޫމާތު ހޮޓްލައިން ނަންބަރު 1405 އަށް ގުޅުމުން އަދި ވައިބާ ކުރުމުން ނުވަތަ 7923247 އަށް ވަޓްސްއެޕް ކުރުމުން ލިބޭނެ ކަމަށް އައިޔޫއެމުން މައުލޫމާތުދެއެވެ.
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
ކޮމެންޓް