ފުލުހުންނަށް މަރުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ، ސާހިލް، އަހުމަދު އިފްސާލް (24އ) އެވެ.

ކުރިމިނަލް ކޯޓުން އިއްޔެވަނީ އޭނާގެ ބަންދަށް 16 ދުވަސް ޖަހައިދީފައެވެ. ފުލުހުން ބުނާގޮތުން ސާހިލް އަހުމަދު ވަނީ ފުލުހުންނަށް މަރުގެ އިންޒާރުދީފައެވެ.

އެކަމާ ގުޅިގެން ސާހިލް އަހުމަދު ބުނީ ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގާފައިވަނީ ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުން ކަމަށެވެ. ފުލުހުން ވަނީ ހަޑިހުތުރު ބަހުން އޭނާ މުއާމަލާތްކޮށްފައި ކަމަށެވެ.

ފުލުހުން ވަނީ ސާހިލް އަހުމަދު، ފުލުހުންނަށް ބިރުދައްކައި، އިންޒާރުދީ އަދި ހަޑިހުތުރު ބަސް ބޭނުން ކުރިކަމުގެ ކޮންމެވެސް ވަރެއްގެ ހެކިތަކެއް ހުށަހަޅައިފައެވެ.

އެހެންވެ ކޯޓުން ނިންމީ އޭނާގެ ބަންދު ޖެހުމަށެވެ.