މާލެއާއި ވިލިމާލޭގެ ގެތަކުގައި ނަން ބޯޑު ހަރުކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.
ސިޓީ ކައުންސިލުން އިއްޔެ ގެޒެޓުގައިކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލްގެ ފަރާތުން ރަސްމީ ބޭނުންތަކުގައި މާލެއާއި ވިލިމާލޭގެ ގޭގެއަށް ޒިޔާރަތްކުރާއިރު މާލެއާއި ވިލިމާލޭގެ ބައެއް ގެތަކުގައި މިހާރަކަށް އައިސް އާއްމުކޮށް ފެންނަ ގޮތަށް ގޭގެ ނަންބޯޑު ހަރުކޮށްފައި ނުހުންނަކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންވެ ރަސްމީ ބޭނުންތަކާއި އެހެނިހެން ކަންކަމުގައި ގޭގެއަށް ޒިޔާރަތްކުރާއިރު ގޭގެ ނަންބޯޑު ހަރުކޮށްފައި ނެތުމުގެ ސަބަބުން ކައުންސިލުން ފޯރުކޮށްދޭ ރަސްމީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ދަތިތަކާ ކުރިމަތިވަމުންދާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
"މިކަން ހައްލު ކުރުމަށް މިއަދުން (އިއްޔެއިން) ފެށިގެން ހުރިހާ ގޭގޭގެ ނަންބޯޑު އާއްމުކޮށް ފެންނަ ގޮތަށް އިމާރާތުގެ ބޭރުގައި ހަރުކޮށްފައި ބެހެއްޓުމަށް ދަންނަވަމެވެ" ސިޓީ ކައުންސިލުން ބުންޏެވެ.
މުހައްމަދު އިޝާން
މާލެ
މާލެ
މާލެ
މާލެ