ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބުން ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ބުރުން ގްރީން ސްޓްރީޓްސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ)އަށް ކައިކައިރީގެ ދެ ރީނދޫ ކާޑު ދައްކައި، ރަތް ކާޑެއް ދައްކާފައިވެއެވެ.
ރިލޭގެ އެ ރަތް ކާޑަކީ ރެފްރީ މުހައްމަދު ޖާވިޒް (ޖޭޑް)އަށް އޭނާ މާ ބޮޑަށް ޝަކުވާކުރި ކަމަށް ބަލައި، ދެއްކި ދެ ރަތް ކާޑެއް ކަމަށް ބެލެވެއެވެ. އެ ރަތް ކާޑާއެކު ރިލޭ ވަނީ ކާޑު ދެއްކި ސަބަބު ސާފުކޮށްދޭން ރެފްރީ ކިބައިން ގިނަ ފަހަރު މަތިން އެދިފައެވެ. އަދި ރިލޭ ދަނޑުން ފައިބަން ދެކޮޅު ހެދުމުން މެޗު ވަގުތު ކޮޅަކަށް މެދުކެނޑިގެންވެސް ދިޔައެވެ.
އެ ރަތް ކާޑާއެކު މެޗުގެ އޮއިވަރު ބަދަލުވެގެން ގޮސްފައިވާ އިރު، ބުރުން ދިޔައީ މެޗު ޑޮމިނޭޓް ކުރަން މަސައްކަތް ކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބުރުން ގޯލް ޖެހިއެވެ.
އެއީ އަރިމަތިން ތޯއިފް ގާސިމް ޖައްސާލި ބޯޅަ، މުހައްމަދު ނާއިމް ގޯލަށް ވައްދާލައިގެން ޖެހި ގޯލެވެ.
ރަތް ކާޑަކާއެކު ކުޅުނު ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅުގައި ގްރީނުން ފެނުނީ ރަނގަޅު ކުޅުމެކެވެ. އެޓީމުގެ ކުރިއަށް ކުޅެމުންދިޔަ އޮބައިދާ ކަދުމްގެ ނުރައްކާ ފެނިގެން ގޮސްފައިވާ އިރު، ގްރީނަށް ދެވަނަ ހާފްގައި އިތުރު މާޔޫސްކަމަކާ ކުރިމަތިވީ ރަނގަޅަށް ކުޅެމުންދިޔަ ކީޕަރު އަހުމަދު ރަމީޒަށް އަނިޔާވެ ބަދަލުކުރަން ޖެހުމުންނެވެ.
ބަދަލުގައި ކުޅެން ނުކުތީ ޔަނާލް މުނީޒެވެ. އޭނާ ކައިރިން މެޗުގެ 74 ވަނަ މިނެޓުގައި ބުރުން ގޯލް ޖަހާފައިވެއެވެ. ބުރުގެ ދެވަނަ ގޯލް ޖަހައިދިނީ އަބްދުﷲ ޖުނައިދު (ޖޭއްނެ) އެވެ.
މެޗުގެ ފަހުކޮޅުގައި ގްރީން ސްޓްރީޓްސްގެ އޮބައިދާ އެޓީމަށް ގޯލެއް ޖަހައިދީ އުންމީދު ހޯދައިދިން ނަމަވެސް، މެޗު އެއްވަރުކޮށްލެވޭ ގޮތެއް ނުވިއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު