އެގާވީސްވަނަ ބީއެމްއެލް އިންޓަ ސްކޫލް ސްވިމިން މުބާރާތް މިއަދު ނިންމާލައިފިއެވެ.
ހަ ދުވަހަށް ކުރިއަށްދިޔަ އެ މުބާރާތް ބާއްވާފައިވަނީ ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެސް ސްވިމިން ޕޫލްގައެވެ.
މިއަހަރުގެ މުބާރާތުގައި 18 ސްކޫލަކުން 12 އަހަރާއި 18 އަހަރާ ދެމެދުގެ 365 ދަރިވަރުން ބައިވެރިވިއެވެ. އެ ދަރިވަރުން ބައިވެރިވީ ފްރީސްޓައިލް، ބެކްސްޓްރޯކް، ބްރެސްޓްސްޓްރޯކް އަދި ބަޓާފްލައި ފަދަ ތަފާތު އިވެންޓްތަކުގައެވެ.
އެ މުބާރާތުން ވަނަ ހޯދި ދަރިވަރުންނަށް މިއަދު ބޭއްވި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ އެވޯޑު ހަވާލުކޮށްފައެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ސްވިމިން އެސޯސިއޭޝަނާއެކު އެކްސްކްލޫސިވް ޕާޓްނާޝިޕެއް ގާއިމުކޮށް، އެ ކުޅިވަރު ތަރައްގީކުރުމުގެ ބައިވެރިއެއްގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިއަހަރު ބީއެމްއެލުން ވަނީ ސްވިމިން އެސޯސިއޭޝަނާއެކު ގާއިމުކޮށްފައިވާ ޕާޓްނާޝިޕް އިތުރު ތިން އަހަރުގެ މުއްދަތަކަށް އާކޮށް، ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކޮށްފައެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން