މިމަހުގެ ތިންވަނަ ދުވަހުގެ ރޭ، އިދިކޮޅު އެމްޑީޕީން ބޭއްވި "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

މުޒާހަރާއިިން ހއްޔަރުކޮށް ބަންދުގައި ބެއިތިއްބުމަށްފަހު އެމީހުން ދޫކޮށްލާފައިވަނީ، ތަހުގީގަށް އެއްބާރުލުމަށް ޝަރުތުކޮށްފައެވެ.

އެމްޑީޕީ މުޒާހަރާގެ ތެރެއިން 8 މީހަކު ފުލުހުން ހައްޔަރުކުރި އެވެ. އޭގެތެރެއިން ބަންދުގެ މުއްދަތު ޖަހައި ބަންދުގައި ބޭތިއްބީ 6 މީހުންނަށެވެ.

އެ މީހުން 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރީ އޮކްޓޫބަރު ހަތަރެއްގަ އެވެ. އެ މުއްދަތު މިއަދަށް ހަމަވާތީ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކޮށް، ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކުރަން ފުލުހުން ވަނީ އެދިފައެވެ. ނަމަވެސް ކޯޓުން އަމުރުކުރީ އެމީހުން ދޫކޮށްލުމަށެވެ.

މުޒާހަރާއިން ހައްޔަރުކުރިމީހުން:

  • މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު
  • ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ
  • މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު
  • އަލީ ޖުމާން
  • އަޒްމީ އަލީ
  • ހަސަން ޝާކިރު
  • އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު
  • މުހައްމަދު ހަލަފު އިބްރާހިމް

ބަންދުގެ މުއްދަތު ޖެހުމަށްފަހު މިހާތަނަށް ބަންދުގައި ބޭތިއްބި މީހުން:

  • މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު
  • ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ
  • މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު
  • އަލީ ޖުމާން
  • އަޒްމީ އަލީ
  • ހަސަން ޝާކިރު

ބަންދުގެ މުއްދަތު އިތުރުނުކޮށް މުޒާހަރާއިން ހައްޔަރުކޮށް ދޫކޮށްލިމީހުން:

  • އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު
  • މުހައްމަދު ހަލަފު އިބްރާހިމް