މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ފަތިހު މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އެއިން ދަތުރުކުރި މީހުންގެ ތެރެއިން ގެއްލުނު ތިން ވަނަ މީހާވެސް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
އެމްއެންޑީއެފުން މީގެ އިރުކޮޅެއްކުރިން ބުނި ގޮތުގައި ބަންޑުން ޖަހާލައި، އަޑިއަށް ދިޔަ "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓިން ގެއްލިގެން ހޯދަމުންދިޔަ ތިން ވަނަ މީހާގެ ހަށިގަނޑު ފެނުނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި 100 ފޫޓުގެ އެ ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވަނީ މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރަނިކޮށެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި ކޮޅުވެއްޓިން ތިން މީހަކު ގެއްލުނެވެ. އެއީ، ދިވެއްސަކާއި އިންޑިއާ މީހަކާއި ލަންކާ މީހެކެވެ. ކޮޅުވެއްޓި ބަންޑުން ޖެހި ދުވަހު، އޭގެ ތެރެެއިން އެކެއްގެ ހަށިގަނޑު ކަނޑުގެ އަޑިން ވަނީ ފެނިފައެވެ. އަދި އޭގެ ފަހުން ދެ ވަނަ މީހާގެ ހަށިގަނޑުވެސް މަރުވެފައި އޮއްވާ ފެނިފައިވެއެވެ.
މެރިން ފުލުހުން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ބަންޑުން ޖަހާލިއިރު ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ތިބީ ކޮޅުވެއްޓީގައި އޮތް އެކްސްކަވޭޓަރެއްގެ ތެރޭގައިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަލީ ޔާމިން
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު