މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ދިޔަވަމުން ދާތި އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދިޔަވަމުން ދަނީ ނަސްރު ނަމަކަށް ކިޔާ ބޯޓެއް ކަމަށާއި އެ ބޯޓުގައި ތިބި ފަސް ފަޅުވެރީން ކޯސްޓުގާޑުގެ ހާބާ ކްރާފްޓަށް ނަގާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ބޯޓު މިހާރު އޮތީ ޅ. އޮޅުވެލިފުށްޓާ ދިމާލުން ބޭރުގަ އެވެ.
ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވާއިރު ރޭގެ ވަގުތެއްގައި ވަނީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓިއެއްވެސް ބަންޑުން ޖަހާލައި އެއިން ދަތުރުކުރި ހަތް މީހުންގެ ތެރެއިން ތިން މީހުން ގެއްލިގެން ހޯދަމުން ދަނިކޮށް އޭގެތެރެއިން އެކަކު މަރުވެފައި އޮއްވައި ފެނިފައެވެ.
އަލީ ޔާމިން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް