ތުޅާގިރި ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓީގެ ބައެއް ތަކެތި އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.
ރޭ ފަތިހު 4:44 ގައި ކޯސްގާޑު މީޑިއާއިން ބުނިގޮތުގައި ބަންޑުން ޖަހާލާފައިވަނީ މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ކޮޅުވެއްޓިއެކެވެ. އެއިން ހަތް މީހަކު ދަތުރުކުރިއެވެ.
ފުލުހުން މިއަދު "ވަން"އަށް ބުނީ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލިގެން ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށާއި އެ މީހާ ފެނިފައިވަނީ މަރުވެފައި އޮއްވާ ކަމަށެވެ.
މެރިން ފުލުހުން ފޭސްބުކުގައިކުރި ޕޯސްޓެއްގައި ބުނީ ބަންޑުން ޖަހާލިއިރު ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ތިބީ ކޮޅުވެއްޓީގައި އޮތް އެކްސްކަވޭޓަރެއްގެ ތެރޭގައިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ގެއްލުނު ތިން މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި އިންޑިއާ މީހަކާއި ލަންކާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
މި ދުވަސްވަރު ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވުމުުގެ ސަބަބުން ކަނޑުދަތުރު ކުރުމުގައި ސަމާލު ވުމަށް މޫސުމާބެހޭ އިދާރާއިންނާއި ކޯސްޓްގާޑުން އަންނަނީ އިލްތިމާސްކުރަމުންނެވެ.
ފާތިމަތު ލިއުޝާ
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް