ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ތިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ރޭ ފަތިހު 4:44 ގައި ކޯސްގާޑު މީޑިއާއިން ބުނިގޮތުގައި ބަންޑުން ޖަހާލައިފައިވަނީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ކޮޅުވެއްޓިއަކުން ދަތުރުކުރި ކޮޅުވެއްޓިއެކެވެ.

އެމްއެންޑީއެފުން ބުނީ، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ އުޅަނދުން 7 މީހަކު ދަތުރުކުރި ކަމަށާއި މިހާތަނަށް 4 މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ދުވަސްވަރު ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯހެވެ. ކަނޑުދަތުރު ކުރުމުގައި ސަމާލު ވުމަށް މޫސުމާބެހޭ އިދާރާއިންނާއި ކޯސްޓްގާޑުން އަންނަނީ އިލްތިމާސްކުރަމުންނެވެ.