ދައުލަތުގެ 13 ކުންފުންޏަކުން ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާތަކެއް ނުދިން މައްސަލައެއް، އަމިއްލަ ކުންފުންޏަކުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ކޮމިޓީއަށް ފޮނުވި ސިޓީއަކުން އެ މައްސަކަ ހުށަހަޅާފައިވަނީ މެޑެކްސް ޕްރައިވެޓް ލިމިޓެޑުންނެވެ.
މެޑެކްސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވަނީ ދައުލަތުގެ 13 ކުންފުންޏަކުން އެ ކުންފުންޏަށް 6.5 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށެވެ. އެއީ އެ ކުންފުނިތަކަށް މެޑެކްސް ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތުގެ އަގަށްވާ ފައިސާ ކަމަށްވެސް މެޑެކްސް އިން ބުނެފައިވެއެވެ.
އެ ކުންފުނިތަކުގެ ތެރޭގައި، މިފްކޯ، ދިރާގު، ފެނަކަ، ފިއުލް ސަޕްލައި، އެޗްޑީސީ، އައިލެންޑް އޭވިއޭޝަން، އެމްއޭސީއެލް، އެމްޓީސީސީ، އާރުޑީސީ، ވެމްކޯ، އެސްޓީއޯ އަދި އެމްޕީއެލް ހިމެނެއެވެ.
އެ މައްސަލައާ ގުޅިގެން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ، މާލިއްޔަތު ކޮމިޓީއަކީ ކުންފުނިތަކަށް ފައިސާ ހޯދައިދޭ ކޮމިޓީއެއް ނޫން ކަމަށާއި، ބަޔަކަށް ދައުލަތުން ފައިސާއެއް ދޭން އޮވެއްޖެ ނަަމަ އެކަން ކުރާނީ އެ ކުންފުންޏާއެކު ނުވަތަ ފިނޭންސް މިނިސްޓްރީން ކަަމަށެވެ.
އަދި ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން އެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ފަރާތަށް ދެންނެވުމަށް ކެލާ ދާއިރާގެ މެންބަރު ޝަރީފް ހުށަހަޅުއްވައި، ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ތާއީދުކުރެއްވިއެވެ.
އެ ހުށަހެޅުން ކޮމިޓީގައި ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ކުށް
ކުށް
އެމެރިކާ