ރާއްޖޭގައި އެއްވެ އުޅުމުގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ބިލްތަކާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ، އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައުން، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް ހިމަނާފައި ވާކަަމަށެވެ.
އެހެންކަމުން އުޝާމް ވިދާޅުވީ އެ ގާނޫނު އިސްލާހު ކުރުމަށް ވަރަށް އަވަހަށް މަޖިލީހަށް ފޮނުއްވާނެ ކަަމަށެވެ.
އެއްވެ އުޅުމުގެ މިހާރުގެ ގާނޫނު، ގާނޫނު އަސާސީއާ ހިލާފު ކަމަށް އުޝާމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެއާ ގުޅޭ އިތުރު ސުވާލެއް އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ވެސް ވަނީ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ރާއްޖެއަކީ ބިން ކުޑަ ގައުމަކަށް ވުމުން، މުޒާހަރާތަކުގެ ސަބަބުން އާންމުންނަށް އުނދަގޫވާ ކަމަށް ބުނެ، އެއްވެ އުޅުން އިތުރަށް ހަނިކުރަން ފެނިވަޑައިގަންނަވާތޯ، އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވިދަޅުވީ، އެއްވެ އުޅުން ހިމެނޭ ގޮތަށް، ގާނޫނުއަސާސީގެ ދެވަނަ ބާބުން ލިބިދޭ ހައްގުތަކަކީ އިމެއްނެތި، ހައްދެއްނެތި ލިބިދޭ އުސޫލުތަކެއް ނޫން ކަމަށެވެ
އެ ބާބުން ލިބިދޭ ބާރުތައް ހަނިކުރެވޭނެހެން ގާނޫނުތައް ހެދޭނެ ކަމަށް ގާނޫނުއަސާސީގައި ބުނަނީ އެއާ ގުޅިގެން ކަމަށް ވިދާޅުވެ އަދި ވިދާޅުވީ އެއްވެ އުޅުމުގެ ހައްގުތައް ބޭނުން ކުރަންވާނީ އެހެން މީހުންގެ ހައްގުތަކަށް ރިއާޔަތްކޮށް، އިހްތިރާމުކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ.
އެއްވެ އުޅުމުގެ މިނިވަންކަން ހަނިވާ ގޮތަށް، ގާނޫނަށް ބަދަލު ގެނެސްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އޭރު ގެނައި އެންމެ ބޮޑު ބަދަލަކީ، އެއްވުންތައް ބޭއްވުމުގެ މާކުރިން، އެކަމަށް ފުލުހުންގެ ހުއްދަ ހޯދަން ޖެހުމެވެ.
އެކަމާ ގުޅިގެން ގާނޫނު އިސްލާހު ކުރުމަށް މިދިޔަ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅި އެވެ. ނަަމަވެސް މަޖިލީހުގެ ދައުރު ނިމުނުއިރު ވެސް އެ މަސައްކަތް އޮތީ ހުއްޓިފައެވެ.
އިބްރާހިމް ޒަކީ
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު