ބާރު ސްޕީޑެއްގައި ދުއްވި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ސްކޫލު ކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އަމީނީ މަގު، ރެހެންދި ފުލެޓު ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ މިއަދު މެންދުރު 12:33 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އެއް ސައިކަލުގެ ފަހަތުގައި އިން 11 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށާއި އެ ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެ ކުއްޖާއަށް ސީރިއަސް އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކުޑަކުއްޖާ އިން ސައިކަލުގައި ޖެހިގެން ކަމަށާއި ބާރު ސްޕީޑުގައި ދުއްވި ސައިކަލު ޓޯކޮށް، އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް