ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް)ގެ ތެެރެއިން ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭ ފުލުހުންގެ އިސް ވެރިންގެ ތަހުގީގަށް، ސީރިއަސް އެންޑް ކޮމްޕްލައިންސް ފައިނޭންޝަލް އިންވެސްޓިގޭޝަން އޮފީހެއް ގާއިމު ކުރަން ރައްޔިތުންގެ މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީން ހުށަހަޅައިފިއެވެ.
ބްލޫސް ހައުސިން ޕްރޮޖެކްޓްގައި ހިމެނޭ މައްސަލަ ތަހުގީގުކުރާ، ރައްޔިތުންގެ މަލީހުގެ މާލިއްޔަތު ކޮމެޓީގެ ސަބް ކޮމިޓީން ވަނީ އެކަމާބެހޭ ރިޕޯޓް އެކުލަވައިލައިފައެވެ.
އެ ރިޕޯޓާ ބެހޭގޮތުން އެ ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ، ޕޮލްކޯގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ފުލުހުންގެ އިސްވެރިންތަކަކަށް ތުހުމަތުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެފަރާތްތަކުގެ މައްޗަށް ފުލުހުންނަށް ޖިނާއީ ތަހުގީގެއް ހިންގިދާނެ ކަަމަށް ނުބެލެވޭ ކަމަށެވެ. މި މައްސަލަ ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރުމަކީ މަސްލަހަތު ފުށުއަރާ ކަމެއްކަމަށް ފާހަގަކުރެވޭތީ، ކޮރަޕްޝަން އެކުލެވޭ އެފަަދަ ހައްސާސް މައްސަލަތައް ބަލަން ސީރިއަސް އެންޑް ކޮމްޕްލައިންސް ފައިނޭންޝަލް އިންވެސްޓިގޭޝަން އޮފީހެއް ގާއިމުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންކަމުން ކޮރަޕްޝަނާ ބެހޭ މި ފަދަ ހައްސާސް މައްސަލަތައް ބަލަން "ސީރިއަސް އެންޑް ކޮމްޕްލައިންސް ފައިނޭންޝަލް އިންވެސްޓިގޭޝަން އޮފީހެއް ގާއިމު ކުރަން ބޭނުންވާ މާލީ އެހީތެރިކަމާއި މުވައްޒަފުންނާއި ވަސީލަތްތަކާއި ޖާގައިގެ މައްސަލައަށް ހައްލު ހޯދައިދީ، އެ އޮފީސް ގާއިމުކޮށް ތަހުގީގު ކުރުމަށް ލަފާދޭން ނިންމައިފިން،" ނާޒިމް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ