ށ. ފޭދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާކުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޭދޫއަށް މިއަދު ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި އެ ރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުންމުގެ މަޝްރޫއު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
މި ދެ މަޝްރޫއުގެ މަސައްކަތު އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު، ޑީސީޕީ ރިޓަޔަޑް، އަހުމަދު ސައުދީ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ.
ށ.ފޭދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ 116,971,843.01 މިލިޔަން ރުފިޔާއަށް 570 ދުވަހުން ނިންމައި ހަވާލުކުރާގޮތަށެވެ.
ފޭދޫ މަގުތައް ތަރައްގީކުރުމުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތް:
- 4.80 ކިލޯމީޓަރު ތަރައްގީކުރުން.
- ސޯސަންމަގު 2252.81 މީޓަރަށް، ކާނޭޝަން މަގު 798.64 މީޓަރަށް، އާރޯ މަގު 535.94 މީޓަރަށް، މަރުކަޒީ ހިނގުން 828.95 މީޓަރަށް، ފިނިމަގު 472.30 މީޓަރަށް ތަރައްގީކުރުން.
- ފެންހިންދާ ނިޒާމެއް ގާއިމްކުރުން.
- ސާވިސް ލައިންއެޅުން.
- ގުދުރަތީ ގޮތުން ފެންހިނދޭ ނިޒާމެއް ގާއިމްކުރުން.
- މަގުބައްތި ހަރުކުރުުުގެ މަސައްކަތް.
ފޭދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތުގެތެރޭގައި 320 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 340 މީޓަރުގެ ގްރޯއިން ޖެހުން ހިމެނެއެވެ. އެ މަސައްކަތުގެ އަގަކީ 25،095،722.40 މިލިޔަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ދީފައިވަނީ 150 ދުވަހެވެ.
ފާތިމަތު ލިއުޝާ
ށ. ފޭދޫ
ށ. ފޭދޫ
ށ. ފޭދޫ
ށ. ފޭދޫ