އައްޑޫ ފޭދޫގައި މަސައްކަތްކުރަމުން އައި ސްރީ ލަންކާގެ މީހަކު މިއަދު އިސްލާމްވެއްޖެއެވެ.

އިސްލާމްވެފައި ވަނީ އައްޑޫ ފޭދޫގެ ނަޔާ ސެލޫނުގައި މަސައްކަތް ކުރަމުން އަންނަ ޖަޔަސިންހާ އަރަޗިގެ ވަރުނާ ޕްރަބާތު ސަދަރުވާން ކިޔާ މީހެކެވެ.

އެމީހާ އިސްލާމްވީ މިއަދުގެ އަސުރު ނަމާދަށްފަހު ފޭދޫގެ ބޮޑު މިސްކިތުގައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާއަށް ޝަހާދަށް ލައިދީފައިވަނީ އެމިސްކިތުގެ އިމާމެވެ.

އިސްލާމްވުމަށް ފަހު އެ މީހާގެ ނަން ވަނީ އަބްދުﷲ އާދަމްއަށް ބަދަލުކޮށްފައެވެ.

ފޭދޫގައި ބިދޭސީއަކު އިސްލާމްވިއިރު، މި ފަހުން ވަނީ ކ. ދިއްފުށީގައި ޗުއްޓީ ހޭދަކުރަން އިނގިރޭސިވިލާތުގެ އަންހެން ޓޫރިސްޓަކު ވެސް އިސްލާމްވެފަ އެވެ.