ސަރުކާރުގެ ކުންފުނި (އެސްއޯއީ)ތަކާއި ސަރުކާރުން ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ވެރިންގެ މުދަލާއި ފައިސާގެ ބަޔާން އާންމު ކުރާން ޖެހޭގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާ އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާ ބިލެއްގެ ގޮތުގައި މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމެވެ.
އެ ގާނޫނުގެ (ޒ)ގެ ފަހަތަށް އަކުރެއް އިތުރު ކުރުމަަށް ހުށަހަޅާފައިވާ މި އިސްލާހުގައި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުން ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ އިސް މަގާމުތަކުގައި ތިބޭ މީހުންގެ ތެރެއިން ޗެއާމަން، ޗީފް އޮފް އޮޕަރޭޓިން އޮފިސަރު، މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މަގާމުތަކުގައި ތިބޭ މީހުން މާލީ ބަޔާން، ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް ހުށަހަޅަން ވަނީ ލާޒިމުކޮށްފައެވެ.
އެ ތަނުން އެ ބަޔާންތައް ޝާއިއު ކުރަން ވާނެ ކަމަށް ވެސް ބިލުގައި ބުނެއެވެ.
އޭގެ އިތުރުން މާލީ ބަޔާން ހުށަހަޅަން ޖެހެނީ އަހަރަކު އެއްފަހަރު ކަމަށާއި، މަގާމާ ހަވާލުވާތާ 30 ދުވަހުގެ ތެރޭގައި ފުރަތަމަ މާލީ ބާޔާން ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބިލުގައިވެއެވެ.
އެ ބަޔާނުގައި، އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާ އާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހިމަނަން ޖެހޭނެ ކަމަށްވެސް ބިލުގައިވެއެވެ.
ބަޔާން ހުށަހަޅަން ބޯޑުން އަންގާ އެންގުންތަކާ ހިލާފުވާ މީހަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ހިމަނާފައިވެެއެވެ.
އިބްރާހިމް ޒަކީ
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު