އިނގިރޭސި ލީގުގެ ޓޮޓެންހަމްއަށް ކުޅެމުންދާ މުހައްމަދު ކުޑޫސް ޖެހި ގޯލާއެކު، ގާނާއިން އަންނަ އަހަރުގެ ވޯލްޑް ކަޕް ޖާގައެއް ޔަގީން ކޮށްފިއެވެ.
ގާނާއިން ރޭ ކުޅުނު ކޮލިފިކޭޝަން މެޗުގައި އަމިއްލަ ގައުމުގައި ކޮމޮރޯސް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ގާނާއަށް ވަނީ އެފްރިކާގެ ކޮލިފިކޭޝަން ގްރޫޕް އައިގެ އެއްވަނަ ޔަގީންވެފައެވެ. އެއީ 10 މެޗުން 25 ޕޮއިންޓާއެކުގައެވެ. ކޮލިފިކޭޝަން އަނެއް ޖާގައަށް މަޑަގަސްކަރަ ފުރުސަތު ބޮޑުކޮށް އޮތް އިރު، މާލީއާއި ކޮމޮރޯސްއަށްވެސް އަދި އެ ޖާގައިގެ ފުރުސަތު އެބައޮތެވެ.
ގާނާއަކީ އެފްރިކާއިން އަންނަ އަހަރުގެ ވޯލްޑް ކަޕް ޔަގީންކުރި ފަސްވަނަ ޓީމެވެ.
މެޗުގެ ހަމައެކަނި ގޯލް ފެނިގެން ދިޔައީ 47 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ކުޑޫސް ގޯލަށް ފޮނުވާލުމާއެކު މުޅި ސްޓޭޑިއަމް އެކީ ގުގުމާލިއެވެ. ރޭގެ މެޗަށްފަހުވެސް ގާނާ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
ގާނާއިން މީގެ ކުރިންވެސް ހަތަރު ފަހަރަށް ވޯލްޑް ކަޕްގައި ކުޅެފައިވާ އިރު، އެޓީމުގެ އެންމެ ބޮޑު ކާމިޔާބީއަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލަށް ދަތުރު ކުރުމެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން